January 24, 2010 by Mohamed
،ނަމަ
،ދުނިޔޭގައި ހިތާމައިގެ ހިތިރަހަ އެކުލެވިފައިނުވާނަމަ
ކިޔައިދޭނޭ ހިތާމަވެރި ވާހަކަތަކެއް ވީސްހެއްޔެވެ؟
،ދުނިޔެއަށް އަބަދާއި އަބަދު ބަހާރު މޫސުން އައިސްފައި އޮންނަނަމަ
ޚަރީފުމޫސުމުގެ ހޫނުކަން އިޙްސާސް ކުރެވުނީސް ހެއްޔެވެ؟
،ދުނިޔެއަކީ ބަގީޗާއެއް ކަމުގައި ވީނަމަ
ވީރާނާކަމާއި ފަޅުކަމަކީ ކޮބައިކަން އެނގުނީސް ހެއްޔެވެ؟
،ދިމާވާ ހުރިހައި އެންމެންނަކީ ރަޙްމަތްތެރީން ކަމުގައި ވީނަމަ
ހަތުރުވެރިކަމުގެ ނުރައްކާތެރިކަން އެނގުނީސް ހެއްޔެވެ؟
،މަހެފިލްތަކުގައި ބައްތިތައް ނުދިއްލޭނަމަ
ޕަރުވާނާތަކަށް ދާނޭ ތަނެއް ލިބުނީސް ހެއްޔެވެ؟
،ދިރިއުޅުމަކީ އަމާން އޮމާން އެއްޗަކަށް ވީނަމަ
ތިބާޔަށް ޝުކުރު ކުރަން ދަސްވީސް ހެއްޔެވެ؟
Like this:
Be the first to like this post.
Posted in Uncategorized | Leave a Comment
Leave a Reply